މާބަނޑު ދުވަސްވަރަކީ އަންހެނުންނަށް ތަފާތު އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހޭ ދުވަސްވަރެކެވެ. އެ ގޮތުން ނޭވާ ހިއްލުމަކީ މާބަނޑު ދުވަސްވަރު ގިނަ އަންހެނުންނަށް ކުރިމަތިވާ ވޭނީ ކަމެކެވެ.

ސަބަބަކީ މާބަނޑު ދުވަސްވަރަކީ ތިމާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން އޮކްސިޖަން ތިމާ އަށް ބޭނުންވާ ދުވަސްވަރަކަށް ވާތީ އެވެ. ހަމައެއާ އެކު ހަށިގަނޑުގައި ހިމެނޭ ހޯމޯންސް އަށް އަންނަ ބަދަލާ އެކު ވެސް ނޭވާ ހިއްލައި ނޭވާ ކުރުވާ ގޮތް ދިމާވެ އެވެ.

ނޭވާ ހިއްލުން ކުޑަ ކުރުމަށް ކުރެވިދާނެ ކަންތައްތައް

އެ އަންހެނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށްވާ ނަމަ ވަގުތުން އެކަން ހުއްޓަން ޖެހޭނެ އެވެ. ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނޭވާ ހިއްލަން މެދުވެރިވާ ސަބަބެއްގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. އެ ކަމުގެ ސަބަބުން ކުއްޖާ ރަނގަޅަށް ހެދިބޮޑު ވުމަށް ވެސް ހުރަސް އެޅެ އެވެ.

ނޭވާލާ އިރު ވީހާ ވެސް ސާފު ތަންތާގައި ނޭވާ ލުމަށް އާދަކުރާށެވެ. ތަޣައްޔަރުވެފައިވާ މާހައުލެއްގައި ނޭވާލާ ނަމަ ޖަރާސީމުތައް ހަށިގަނޑަށް ވަދެ ނޭވާ ހިއްލުމަށް މެދުވެރިވެ އެވެ. އެކަމުން ރައްކާތެރިވުމަށް އަނގަމަތީގައި މާސްކެއް އެޅުވިދާނެ އެވެ.

ނޭވާ ހިތްލުން ނުވަތަ ނޭވާ ކުރުވުމުން ސަލާމަތްވުމަށް ވީހާ ވެސް ބޮޑަށް އަރާމު ކުރާށެވެ. ރޭގަނޑު މައްސަލަ ކުރިމަތިވާ ނަމަ ވާތްފަރާތަށް އެނބުރި އޮވެ ނިދުމަށް އާދަކުރާށެވެ. އެއާ އެކު ޔޯގާ ހެދުމަކީ ވެސް ފަސޭހައިން ނޭވާލުމަށް އޮތް ހައްލެކެވެ. މާ ބޮޑެތި ޔޯގާ ކަސްރަތު ނުކުރި ކަމުގައި ވިޔަސް ނޭވާ އަށް ހާއްސަ ކަސްރަތެެއް ކޮށްލާށެވެ.

ދޫ ހެދުން ލުމަކީ ވެސް ނޭވާލާން ފަސޭހަވާނެ ކަމެކެވެ. ހަށިގަނޑަށް ބާރު ހެދުން ލުމުގެ ބަދަލުގައި ދޫ ހެދުން ލާން އާދަކުރާށެވެ.

މައުލޫމާތޫ: ބޭބީ ގާގާ