ސީޝެލްސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ވޮލީބޯޅަ އިވެންޓްގެ ތިން ވަނަ ހޮވާ މެޗުން ރާއްޖޭގެ ވޮލީބޯޅަ ޓީމު ބަލިވެއްޖެ އެވެ.

މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް މަޑަގަސްކަރައިން ކާމިޔާބުކޮށްފައި ވަނީ 20-25 19-25 އަދި 22-25 އިންނެވެ.

ސެމީ ފައިނަލުގައި ރިޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗްގައި ރާއްޖެ އިން ވަރަށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މަޑަގަސްކަރައާ ދެކޮޅަށް ރާއްޖެ އަށް އެފަދަ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ނަމަވެސް މިމުބާރާތުގައި ޖުމްލަ ގޮތެއްގައި ރާއްޖެ އިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ޓީމުގެ ކޯޗް ޝަރަފުވަނީ ބުނެފަ އެވެ.