08 Jan 2018, 11:39
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާގެ އަމިއްލަ ހަރަދުގައި އެފްރިކާގެ މަލާވީގައި ހަތަރު ސްކޫލެއް އަޅަން ނިންމައިފި އެވެ.
'އައި ވިޓްނަސް' އަށް ދިން އިންޓަވިއުއެއްގައި މެޑޯނާ ބުނީ އަހަރު ފެށިގެން އަންނަ އިރު ފަށަން ޖެހޭނީ ވަރަށް ރަނގަޅަށް ކަމަށާއި ރައްޔިތުންނަށް އޭނާގެ ފަރާތުން އެހީއެއް ދިނުމަކީ އޭނާ އެންމެ ކުރަން ބޭނުންވާ ކަންތައް ކަމަށެވެ.
މި އަހަރު ތެރޭގައި މަލާވީގެ ކަސުންގޫ އަވަށުގައި ހަތަރު ސްކޫލެއް އެޅުމަށް އިއުލާން ކުރާނެ ކަމަށާއި ސްކޫލްތައް އެޅުމަށް ހަރަދު ކުރާނީ އަމިއްލަ ޖީބުން ކަމަށް އޭނާ ބުންޏެވެ.
އުމުރުން 59 އަހަރުގެ މެޑޯނާ ބުނީ އެ ކަމުގެ ސަބަބުން އެ ގައުމުގެ ނުވަތަ އެ އަވަށުގެ ހާސް ކުދިންނަށް ތައުލީމު އުނގެނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އަސްލު ވަރަށް އުފާވޭ މި ކަހަލަ ކަންތައްތައް ކޮށްދެވޭތީ. ވަރަށް ރަނގަޅު ކަމެއް މިއީ. އަބަދު ވެސް ބޭނުންވޭ ގިނަ ބަޔަކަށް އަހަރެންގެ ފަރާތުން އެހީތެރިކަމެއް ދޭން،" އޭނާ ބުންޏެވެ.
މައުލޫމާތު: އައި ޓުޑޭ