ސޮނީ އިން ގެނެސްދޭ ޓީވީ ޑްރާމާ ސިލްސިލާ "ބޭޕަނާ" އަދި ކަލާޒް އިން ގެނެސްދިނުމަށް ތައްޔާރުވާ ޑްރާމާ "ހާސިލް"ގެ ސެޓުގައި ރޯވެ ސެޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓް ޝޯޓް ވެގެން ޖަނަރޭޓަރެއްގައި ރޯވެގެން ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ.

'އިންޑިއާ ޓުޑޭ'ގައި ބުނާ ގޮތުން އެ ދެ ސެޓުގައި ރޯވި އިރު ދެ ޑްރާމާގެ ވެސް ކާސްޓުން ޑްރާމާ ޝޫޓް ކުރުމުގެ މަސައްކަތުގައި ތިބި ކަމަށާއި ނަމަވެސް އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ފަސް އޭކަރުގެ ބޮޑު ބިމެއްގައި ތައްޔާރުކޮށްފައިވާ ސިނެވިސްޓާ ސްޓޫޑިއޯގައި 30 ޝޫޓިންގް ލޮކޭޝަން ހުންނަ ކަމަށާއި ސެޓުގައި އަލިފާން ރޯވުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ބޭރުގެ ހަބަރުތައް ބުނެ އެވެ.

ސެޓުގައި އަލިފާން ރޯވި ކަމުގައިވީ ނަމަވެސް ޑްރާމާ ދައްކަން ޖެހޭ ދުވަސްތަކުގައި ޑްރާމާ ފެންނާނެ ކަމަށް ޑްރާމާގެ ޓީމުން ބުންޏެވެ.

މިދިޔަ އޮކްޓޯބަރުން ފެށިގެން ސޮނީ އިން 'ހާސިލް' ދައްކަން ފަށާފައިވާއިރު ކަލާޒް އިން 'ބޭޕަނާ' ދައްކަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.