08 Jan 2018, 09:52
ޅ. ހިންނަވަރާއި ނައިފަރަށް ދިރާގުން ފައިބާ ބްރޯޑްބޭންޑް ޚިދުމަތާއި ދިރާގު ޓީވީގެ ޚިދުމަތް ތައާރަފުކޮށްފި އެވެ.
މީގެ ކުރިން ވެސް މޯބައިލް ބްރޯޑްބޭންޑް މެދުވެރިކޮށް ދިރާގު ޓީވީގެ ޚިދުމަތް، ހިންނަވަރާއި ނައިފަރަށް ލިބެމުން ދިޔަ އެވެ. އެހެން ނަމަވެސް މިހާރު ދިރާގު ދިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ދިރާގު ޓީވީގެ ޚިދުމަތް މިހާރު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދެނީ މާލެ އާއި އަތޮޅުތެރެއާ އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ. އެގޮތުން، ދިރާގު ޓީވީގެ އިންޓްރޮޑަކްޓަރީ ޕެކޭޖުގައި 80 އަށް ވުރެ ގިނަ ޗެނަލް ބެލޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެ ޕެކޭޖުގެ އަގަކީ 300 ރުފިޔާ އެވެ.
ދިރާގު ޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާ އިން ހޯދާ ޚިދުމަތަކަށް ވިޔަސް، ދިރާގު ޓީވީ ބެލުމަށް އިންޓަނެޓުގެ އިތުރު ޚަދަތެއް ނުހިނގަ އެވެ. އަދި އިންޓަނެޓްގެ ޔޫސޭޖް އެލަވަންސަކަށް ވެސް އަސަރެއް ނުކުރާނެ އެވެ.
ދިރާގުގެ "ފައިބާ ޓު ދަ ހޯމް" ޚިދުމަތް މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ އަދި 17 އެހެން ރަށަކަށް ފޯރުކޮށްދީފައިވެ އެވެ. އަދި ދިރާގު އޭޑީއެސްއެލްގެ ޚިދުމަތް ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ރަށަކުން ވެސް ލިބެ އެވެ.