13 Aug 2011, 21:57
ޖަމްޢިއްޔަތުލް ފަލާހުން ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވަމުން އަންނަ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ 40 ވަނަ މުބާރާތް ގިނަ ދަރިވަރުންތަކަކާ އެކު މިއަދު ހެނދުނު ޖަމްއިއްޔަތުލް ފަލާޙްގައި ފަށައިފި އެވެ.
ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްޢާނަށް ލޯބި ޖެއްސުމާއި ކީރިތި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އެކުދިންގެ ހިތްތަކުގައި އާލާކުރުމުގެ މަގުޞަދުގައި ޖަމްއިއްޔަތުލް ފަލާހުގެ ފަރާތުން މެދުނުކެނޑި މި މުބާރާތް ބާއްވަމުން އަންނަތާ މިއީ 40 ވަނަ އަހަރު، އަދި 40 ވަނަ މުބާރާތެވެ.
މާލޭގެ ޕްރައިމަރީ ސްކޫލުތަކާއި ސެކަންޑްރީ ސްލޫލުތަކުގެ އިތުރުން، ހަޔާ ސެކަންޑްރީ ސްކޫލްތަކުގެ ދަރިވަރުނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތުގައި މި އަހަރު 14 ސްކޫލަކުން ޖުމްލަ 313 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ގޮފިން ފުރުޞަތު ހުޅުވާލެވިފައިވާ މި މުބާރަތުގެ ހިތުން ކިޔެވުމުގެ ގޮފިން 77 ދަރިވަރުންނާއި އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 236 ދަރިވަރުން މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް ފަލާހު ސްކޫލުން ބުންޏެވެ.