އއ. ކުރަމަތި އައިލެންޑް ރިސޯޓްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މޫދަށް އެރިއުޅެނިކޮށް ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 5:15 ގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި މަރުވެފައިވަނީ 29 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.