13 Aug 2011, 15:25
އިންޑިއާގެ ޖީއެމްއާރު ކުންފުނިން ހިންގާ މާލޭ- އިބްރާހީމް ނާސިރު- އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްތަކުގައި ފަޔާ އެލާމް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް، ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ދީފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ އަޑުތައް އުމަރު ނަސީރު ދޮގުކުރައްވައިފި އެވެ.
އުމަރުގެ އެލާމްސް ކުންފުނިން މިއަދު ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓްގައި ފަޔާ އެލާމްސް ސިސްޓަމް ބެހެެއްޓުމުގެ މަސައްކަތް އެލާމްސް އަށް ދީފައިވާ ކަމަށް ފަތުރާފައިވާ ހަބަރުތަކަކީ "ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް" ކަމަށެވެ.
އެ ކުންފުނިން ބުނެފައި ވަނީ އަދި މިވީހާ ތަނަށް ޖީއެމްއާރު ކުންފުންޏާ އެކު އެލާމްސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް އެގްރީމަންޓެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި އެފަދަ ކަމަކާ ބެހޭ ގޮތުން ވާހަކަ ވެސް ދައްކާފައި ނުވާނެ ކަމަށެވެ.
އަދި "މިފަދަ ދޮގު ހަބަރެއް ރާއްޖޭގެ އެންމެ ބޮޑު ހަބަރު ފަތުރާ ދެ ފަރާތަކުން އާންމުކުރި ކަމަށް ޓަކައި ހިތާމަ ކުރާ" ކަމަށެވެ.