ވަގަށް ނަގާފައިވާ ހޯދެއްދޫ އިންޖީނުގޭގެ ތިޖުރީ ފުލުހުން ހޯދައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ހިންގާ ހޯޑެއްދޫ އިންޖީނުގޭގެ ތިޖުރީ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ މެންދުރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާ އެކު ފުލުހުން ކުރި މަސައްކަތުން ތިޖޫރި ފެނިފައި ވަނީ އެ ރަށު ވަލުތެރެއަށް އެއްލާލާފައި އޮއްވައި ކަމަށެވެ. އަދި ބުނީ ތިޖޫރީ ފެނުނު އިރު އެ އޮތީ ވަރަށް ބޮޑަށް ހަލާކު ކޮށްލާފައިވާ ކަމަށެވެ.

ވަގަށް ނެގި ތިޖޫރިގައި 43،000 އަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އަދި އެ ފައިސާ ހޯދިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަަމަށާއި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.