ޒީނަތްތެރިވުމަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެކި ނަންކިޔާ މޭކަޕް ސާމާނުތައް ބޭނުންކޮށްގެން މޫނުމަތި ރީތި ކުރުމަށް އެއްބަޔަކު މަސައްކަތް ކުރާ އިރު އަނެއްބަޔަކު މަސައްކަތް ކުރަނީ ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ޒީނަތްތެރިވުމަށެވެ.

ތުންފަތުގެ ރީތިކަމަކީ ގިނަ ބަޔަކު ބޮޑު ސަމާލުކަމެއް ދޭ ކަމަކަށްވާ އިރު، އެކި ކުލަކުލައިގެ ލިޕްސްޓިކްތައް ނުޖައްސާ ރީތި ތުންފަތެއްގެ ވެރިއަކަށް ވެވިދާނެއެވެ. މާ ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެއެވެ.

  • ކޮންމެ ދުވަހަކުވެސް ކާށިތެޔޮ ލައިގެން ތުންފަތް މަސާޖުކޮށްލާށެވެ.

  • ދުވާލު ވަގުތު ބޭރަށް ނިކުންނަ އިރު ރަނގަޅު ލިޕް މޮއިޝަރައިޒާއެއް ބޭނުންކުރާށެވެ. ސަންސްކްރީން އެކުލެވޭ މޮއިޝަރައިޒާއެއް ދުވާލު ވަގުތު ބޭނުން ކުރުން ރަނގަޅެވެ.
  • ތާޒާ މޭވާއާއި ތަރުކާރީ ކެއުމަކީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.
  • ބީޓް ރޫޓް ބޭނުންކޮށްގެން ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. ތުންފަތުގައި އެ ޕޭސްޓް އުނގުޅާފައި ގަޑިއެއްހާއިރު ވަންދެން ބަހައްޓާށެވެ.
  • ހަކުރު ނޫނީ މާމުއި އާއެއްކޮށްގެން އޮލިވް އޮއިލް ތުންފަތުގައި އުނގުޅާށެވެ.

ފެންވަރާއިރު ތުންފަތުގައި ދަތް އުނގުޅާ ބޭސް އުނގުޅާށެވެ. އިރުކޮޅަކު ބަހައްޓާފައި ދޮވެލާށެވެ. ތުންފަތުގެ ކުލަ ރީތި ކުރުމަށް މިއީވެސް ކުރެވިދާނެ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ތުންފަތް ކަޅުވާނެކަމެއް ކަން ހަނދާން ބަހައްޓާށެވެ.