13 Aug 2011, 13:52
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް، ގްރޫޕް ބީގެ އެންމެ ކުރީގައި އޮވެ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ކުލަބް އީގަލްސްއާ ބައްދަލުކޮށް، އިއްޔެ ހަވީރު ޓާފް އެންނަންބަރު ދަނޑުގައި ކުޅުނު މިމެޗް ނިއު އިން ކާމިޔާބު ކުރީ 6-1 ލަނޑުން ނެވެ.
އިއްޔެގެ މެޗުގައި ނިއު އަށް ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ، އަލީ އާދިލް ރަޝީދާއި ކުރީގެ ކެޕްޓަން މުހައްމަދު ކަލީމާއި އަހުމަދު ނާޝިދު )ނާދު( އާއި މޫސާ އިބްރާހިމް އަދި އަލީ ޝަމީމް )އައްޔަ( އެވެ. މީގެ ތެރެއިން އައްޔަ ދެ ލަނޑު ޖެހި އެވެ. އީގަލްސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މަޖުދުﷲ އަބްދުއްރަޝީދެވެ.
ޖުމްލަ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނާގައި ނިއު ދެވަނަ ބުރަށް ދަތުރު ކުރިއިރު، ހަ ޕޮއިންޓާ އެކު ގްރޫޕްގެ ދެ ވަނަ ލިބިފައި ވަނީ ވިކްޓަރީ އަށެވެ. މި ގްރޫޕުން ކެޓީ ތިން ޕޮއިންޓް ލިބުނު އީގަލްސް އަދި ޕޮއިންޓެއް ނުލިބި އޮތް ޕޮލިސް ކްލަބެވެ.
މިމުބާރާތުގެ ފުރަތަމަ ބުރު ނިމިފައިވާ އިރު ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ ނިއު އާއި ވެލެންސިއާ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.