ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ބައްތީ ގުލް މީޓަރު ޗާލޫ'ގެ ކާސްޓާ، ބަތަލާ ޔާމީ ގޯތަމް ވެސް ގުޅިއްޖެ އެވެ.

ފިލްމާ ގުޅުނުކަން ހާމަކޮށްފައި ވަނީ ޔާމީ އެވެ. އަދި ޝާހިދު ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް، ޔާމީ އަށް މަރުހަބާ ކިޔައިފަ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ޓޮއިލެޓް އެކް ޕްރެމް ކަތާ'ގެ ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކުރާ 'ބައްތީ ގުލް މީޓަރު ޗާލޫ'ގެ ފިރިހެން ލީޑު ޔަގީންވި ނަމަވެސް، ފިލްމުގެ އަންހެން ލީޑު އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ޔާމީގެ އިތުރުން، އަރަމުން އަންނަ ބަތަލާ ޝްރައްދާ ކަޕޫރު ވެސް ފިލްމުން ފެނިގެންދާނެ އެވެ.

ފެބުރުއަރީ މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާ ފިލްމެކެވެ.

ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ.