06 Jan 2018, 23:36
އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކޮށް އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ 11:05 ހާއިރު ގދ. ތިނަދޫ ހުޅަނގުގޭގައި ހުއްޓައެވެ.
މަންޒަރު ދުށް މީހަކު "ސަން" އަށް ބުނީ ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް އައިސް ރޭޕްގެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.
ފުލުުހުންވެސް ވަނީ އެ މައްސަލައާ ގުޅިގެން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ކުރެހުމުގެ މަސައްކަތްކުރާ ހަސަން ފާއިޒް (ޖޭސަން)އެވެ. ޖޭސަން ވަނީ ބައެއް މީޑިއާތަކުގައި އޭނާ އެފަދަ އަމަލެއް ހިންގާފައިނުވާ ކަމަށާއި ފުލުހުންނަށް އެއްބާރުލުންދޭން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.
ސުޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވަނީ ހުކުރު ދުވަހުއެވެ.