08 Jan 2018, 12:53
ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ ސީރީޒް "ޕްރިޒަން ބްރޭކް"ގެ ހަ ވަނަ ސީޒަން ފެންނާނެ ކަމަށް އެ ސީޒަންގެ ޓީމުން ބުނެފި އެވެ.
"ޕްރިޒަން ބްރޭކް"ގެ އިތުރު ސީޒަން އެއް ފެންނާނެ ކަމަށް ތުން ތުން މަތިން ދެކެވިފައިވާ އިރު 'ފޮކްސް' އިން މި ވަނީ އޭގެ ހަ ވަނަ ސީޒަންއެއް ފެންނާނެ ކަމަށް ކަށަވަރު ކޮށްދީފަ އެވެ.
"ފޮކްސް އެންޓަޓައިންމަންޓް"ގެ ޗީފް މައިކަލް ތޯން ބުނި ގޮތުގައި އެ ސީޒަން ވެގެންދާނީ ވަރަށް ވެސް ފުރިހަމަ އަދި ކުރީ ސީޒަން އެކޭ އެއްގޮތަށް ބެލުންތެރިން ޝައުގުވެރިވާ ސީޒަނެއްގެ ގޮތުގައި ކަމަށެވެ.
"ވަރަށް އަވަހަށް އިތުރު ސީޒަނެއް ފެންނާނެ. އަދި އެ ސީޒަނަކީ އެންމެ ފަހު ސީޒަން ވެސްމެ. އެކަމަކު ފަހު ސީޒަން ފެނިގެންދާނީ ބެލުންތެރިން ހީވެސް ނުކުރާހާ ގޮތަކަށް. ވަރަށް ތަފާތު ވާނެ،" އޭނާ ބުންޏެވެ.
އެ ސީޒަން ބެލުންތެރިންނާ ހަމައަށް ފެނިގެންދާނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް ފިލްމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އަދި ފިލްމުގެ އިތުރު މައުލޫމާތުު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ސީރީސްގެ ލީޑުން ވެންޓްވޯތް މިލާ(މައިކަލް ސްކޯފީލްޑް)، ޑޮމިނިކް ޕާސަލް( ލިންކަން) ފެނިގެން ދެ އެވެ.
"ޕްރިޒަން ބްރޭކް" އަކީ އެންމެ ގިނަ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފިކްޝަނަލް ކެރެކްޓަރު ފެންނަ ޓީވީ ޝޯ ވެސް މެ އެވެ.