އިއްޔެ ރ. މަޑުއްވަރިން ގެއްލުނު އަންހެންކުއްޖާ ކަމަށާއި އެކުއްޖާ ފިލީ ކަމަށް އެރަށުގެ ބައެއް މީހުން ބުނަމުން އެބަ ދެއެވެ.

އިއްޔެ ހަވީރު ރ. މަޑުއްވަރިން ގެއްލިގެން ހޯދަމުންދަނީ އެރަށު ކޯދު، އުމުރުން 19 އަހަރުގެ އާމިނަތު ޝަބާއެވެ.

ރ. މަޑުއްވަރީ ކައުންސިލްގެ ރައީސްް އަބްދުﷲ އަހްމަދު "ސަން"އަށް ވިދާޅުވީ ގަބޫލުކުރެވެނީ، އޭނާ ފިލީ ކަމަށެވެ.

"ފިލައިގެން އުޅޭކަމަށް މީހުން ބުނަނީ. ސަބަބެއް ކަމަށް އަޑުއިވެނީ އޭނަގެ މަންމައާ ހިތްހަމަނުޖެހުމެއް އުފެދިގެން ކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޝަބާގެ އާއިލާގެ ފަރާތުން މަންމަ، އަޒީޒާ އަހްމަދު ރޭ "ސަން"އަށް ބުނި ގޮތުގައި، ޝަބާ ހިތްހަމަނުޖެހިގެން އުޅުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއާ އާއިލާ ނުގަބޫލުވުމުންނެވެ.

"ޝަބާގެ ބައްޕައާ އާއިލާއިން ދިޔައީ އޭނާގެ އުޅުން ގޯސްކަމަށް ދެކިގެން އޭނާއަށް ނަސޭހަތްދެމުން. އެކަމާ ހިތްހަމަނުޖެހިގެން ގެއިން ނުކުމެގެން ދިޔައީ. ޝަބާގެ ބައްޕަ ސައިތައްޓެއް ބޯލުމަށް ހަވީރު ގޭތެރެއަށް ވަން ވަގުތުކޮޅު އޭނާ ދިޔައީ،" ޝަބާގެ މަންމަ އިއްޔެ ބުންޏެވެ.

ރ. މަޑުއްވަރީ ކައުންސިލުން "ސަން"އަށް ބުނި ގޮތުގައި، ޝަބާ ހޯދުމުގެ މަސައްކަތް މުޅި އަތޮޅަށް މިހާރު ވަނީ ފުޅާކޮށްފައެވެ.