13 Aug 2011, 12:50
ފޮތެއްގެ ތެރެއަށް ލައިގެން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރި މީހެއް ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ހަރުދަޅުގެ އަހްމަދު ހުސައިން 33 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ އެމްވީކޭ ފެރީއިން އިއްޔެ ހަވީރު ފުވައްމުލަކަށް ދިޔަ މީހެއްގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުގައި އޮތް ފޮތެއްގެ ތެރެއިން ކަމަށެވެ. އެ ފޮތުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޒާތުގެ ދެ ބްލެޓް ފެނިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުވައްމުލަކުގައި ދާދިފަހުން ވެސް ވަނީ އެ ރަށަށް ގޮސް އުޅުނު ގުރޫޕަކުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަނިކޮށް އަތުލައިގެންފަ އެވެ.