06 Jan 2018, 20:59
ކެނެޑާގެ ސިޓީއެއް ކަމަށްވާ ޓޮރޮންޓޯގެ ޕިއާސަން އެއާޕޯޓްގައި ދެ ފްލައިޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މެކްސިކޯއިން ފުރައިގެން ޕިއާސަން އެއާޕޯޓަށް ޖައްސައި ޕާކްކުރަން އުޅުނު ވެސްޓްޖެޓް އެއާލައިން، ޓާމިނަލްގައި ޕާކް ކޮށްފައިވާ ސަން ވިންގް އެއާލައިންގެ ފްލައިޓެއްގައި ޖެހިގެންނެވެ.
ދެ ފްލައިޓް ޖެހުމާއެކު ސަންވިންގް ފްލައިޓްގެ ފަހަތުގައި އަލިފާން ރޯވެފައިވާ ކަމަށާއި ވެސްޓްޖެޓްގެ ފްލައިޓުން މީހުން ވަގުތުން އެމަޖެންސީގައި ހުސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕިއާސަން އެއާޕޯޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ އެކްސިޑެންޓް ހިނގިތާ އިރުކޮޅެއްގެ ތެރޭގައި އެއާޕޯޓްގެ ފަޔާ އެންޑް އެމެޖެންސީ އޮފިޝަލުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ރޯވެފައިވާ ބޯޓު މިހާރު އެއާޕޯޓް ގްރައުންޑް ބަލަހައްޓާ ފަރާތްތަކުން ގެނގޮސްފައިވާ ކަމަށްވެސް ޕިއާސަން އެއާޕޯޓުން ބުންޏެވެ.