13 Aug 2011, 12:38
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓުން ރާއްޖެ ތިން ބްރޯންޒް މެޑަލް ލިބިއްޖެ އެވެ.
ރާއްޖެ އަށް މިމުބާރާތުން މިހާތަނަށް ލިބުނު ތިން ބްރޯންޒް މެޑަލް ލިބިފައި ވަނީ ޓީމް އިވެންޓުންނާއި ސިންގަލްސް އިވެންޓްގެ އިތުރުން ޑަބަލްސް އިވެންޓުންނެވެ.
ސިންގަލްސް އިވެންޓުން މުހައްމަދު އަޖްފާން މެޑަލް ހޯދިއިރު ޑަބަލްސް އިވެންޓުން މެޑަލް ހޯދާފައި ވަނީ މުހައްމަދު ނަޝްފާންއާއި ނަޝީއު އެވެ.
ރާއްޖޭގެ ބެޑްމިންޓަން ޓީމު ވަނީ 1979 ވަނަ އަހަރު ރިޔޫނިއަން ގައި ބޭއްވި ފުރަތަމަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގައި ވެސް ލޯ މެޑަލް ހޯދައިފަ އެވެ. މިއީ ކުޅިވަރަކުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ކާމިޔާބީ ވެސް މެ އެވެ.