10:00


ރ.ދުވާފަރުން ފުރައިގެން ފަސް މީހުންނާއެކު ހުއިފިލަނޑާ ނަގަންދިޔަ ދޯންޏެއް ހަފްތާ އެއް ވީއިރުވެސް ޚަބަރެއް ނުވުމާއި ގުޅިގެން އެދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ އެ ދޯނި ދުވާފަރުން ފުރާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހުއިފި ލަނޑާގެ މަސްވެރިކަން ކުރުމަށްޓަކައި ނ.އަތޮޅަށް ކަމަށާއި އެދޯންޏަކީ ރ.ކަނދޮޅުދޫ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ފުރިފަހުން ހަބަރެއް ނުވެގެން ރިޕޯޓް ކުރުމާ ގުޅިގެން ދޯނީގައި ތިބި މީހުންގެ ޚަބަރެއް ވޭތޯ ކޯސްޓުގާޑުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.


އެމްއެންޑީއެފުން ބުނީ އެ ދޯނި އެންމެ ފަހުން ހުއިފި ލަނޑާ ނަގަން ގޮސްފައި ވަނީ ފޮއްދޫ ކައިރީގައިވާ ފަޅުރަށެއްގެ ކައިރިއަށް ކަމަށެވެ.