ރޭޕްގެ ތުހުމަތު ކުރެވޭ މީހުން ވަގުތުން ހައްޔަރު ކުރެވެން ޖެހޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު އާޓް ސުޓޫޑިއޯއެއްގައި ރޭޕް ކުރި މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ރިޔާޒު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރޭޕްގެ ތުހުމަތު ކުރެވޭ މީހުން މުޖުތަމައުއަށް ދޫކޮށްލާފައި ބެއިތިއްބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއީ ގައުމުގެ އަންހެނުންނަށް ހުރި ނުރައްކަލެއް ކަމަށާއި ރޭޕްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް އަވަސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

އަދި އެފަދަ މީހުން ވަގުތުން ހައްޔަރު ކުރެވެން ޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.