މުދާ އަރުވައިގެން މާލެ އިން ގދ. އަތޮޅަށް ދަތުރުކުރި "ހިބަރު" ނަމަކަށް ކިޔާ ދޯންޏެއް ތ. ކަޅު ފަހަލަފުށި ކިޔާ ފަޅުރަށެއްގެ ފަރަށް އަރައިފި އެވެ.

އެ ދޯނި ކަޅު ފަހަލަފުށީ އިރުމަތީ ފަރާތު ފަރަށް އަރާފައިވާ ކަމުގެ ހަބަރު އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ދަންވަރު 03:08ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާ ހިނގި އިރު ދޯނީގައި ނުވަ މީހުން ތިއްބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ފަސް ބިދޭސީން ކަމަށެވެ. އަދި އެ ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެބެ.

އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގައި ފަރަށް އެރި "ހިބަރު" ދޯންޏަކީ 85 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދިފަރަށް އެރި ދޯނީގައިވާ ޖަހައި ދޯނި ފުންކުރުމަށް ޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.