13 Aug 2011, 12:36
ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސްގެ ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުގެ ޖާގައެއް މުއީނާ މުހައްމަދާއި ޖުމާނާ ހޯދައިފި އެވެ.
މުއީނާ މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ މަޑަގަސްކަރައިގެ ފަސް ވަނަ ކުޅުންތެރިޔާ 4-2ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. އަދި ޖުމާނާ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ މަޑަގަސްކަރައިގެ އެއް ވަނަ ކުޅުންތެރިޔާ 4-3ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު ގައެވެ.
އަންހެން ސިންގަލްސް އިވެންޓްގައި ޝިއުރާ އާއި ނިޝާ ކުޅުނު ދެމެޗުން ވެސް މިދެކުޅުންތެރިން ވަނީ ކަޓައިފަ އެވެ.
މީގެ އިތުރުން ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުގައި އިއްޔެ މޮރިޝަސްގެ އެއް ވަނަ ކުޅުންތެރިޔާ އާއި ދެކޮޅަށް ޝިއުރީ ކުޅުނު މެޗުން ޝިއުރީ 4-1ގެ ނަތީޖާއަކުން ބަލިވި އިރު ރިޔޫނިއަންގެ ތިން ވަނަ ކުޅުންތެރިޔާ އަތުން މުންސިފް ވެސް ވަނީ ވާދަވެރި ކުޅުމަކަށް ފަހު 4-3 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.