05 Jan 2018, 20:21
ސުޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އެކުއްޖާ ރޭޕް ކޮށްފައި ވަނީ އާޓް މަސައްކަތް ކުރާ ސުޓޫޑިއޯއަކަށް ޕްރޮޖެކްޓެއް ހަދަން ދިއުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
"ހުށަހެޅި ގަޑިއާ މައްސަލައިގެ އިތުރު ތަފްސީލު މިވަގުތު ދެވޭކަށް ނެތް" ފުލުހުން ބުންޏެވެ.
ރޭޕްއާއި ގެވެށި އަނިޔާގެ މައްސަލަތަކަކީ ވަރަށް ގިނައިން ފުލުހުންނަށް ހުށަހެޅޭ ބާވަތުގެ މައްސަލަތަކެކެވެ.