ގްލޯނެޓުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ)ޔޫއީއެފް( 20 ޔުނިވަސިޓީއާ އެކު ރޭ ހުޅުވައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ހަފްލާއަކާ އެކު ހުޅުވި ޔޫއީއެފް ކުރިއަށްދާނީ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރެޔާ ހަމަ އަށެވެ.

ޔޫއީއެފްގެ ނުވަ ވަނަ ފެއާގައި މި އަހަރު ވެސް މެލޭޝިޔާ އާއި ރަޝިޔާ އާއި އިންޑިއާ އަދި ސްރީލަންކާގެ ޔުނިވަސިޓީތަކާއި ކޮލެޖުތަކުން ބައިވެރިވެފައިވާ ކަމަށް ގްލޯނެޓުން ބުންޏެވެ.

އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ފެއާގައި މިއަހަރު ވެސް މެލޭޝިޔާގެ ޔޫސީޓީއައި އާއި މަލްޓިމީޑިއާ ޔުނިވަސިޓީ އާއި ސަންވޭ ޔުނިވަސިޓީ އާއި ޓޭލާސް އާއި އިންޓަނޭޝަނަލް މެޑިކަލް ޔުނިވަސިޓީ އާއި ކޭބީޔޫ ކޮލެޖާއި ސްރީ ލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖާއި އޭސީބީޓީ އާއި އިންޑިއާގެ ވޭލްސް ޔުނިވަސިޓީ އާއި ރަޝިޔާގެ ނިޒްނީ ނޮވްގްރޯޑް ސްޓޭޓް މެޑިކަލް އެކަޑަމީގެ އިތުރުން ތައުލީމީ ހަތް މުއައްސަސާއަކުން ބައިވެރިވެ އެވެ.

މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ބޭރުގެ ޔުނިވަސިޓީ އަދި ކޮލެޖްތަކުގައި ހުރި އުގެނުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ގްލޯނެޓުން ބާއްވާ މި ފެއާގައި، ނަތީޖާ ރަނގަޅު ކުދިންނަށް އަގުހެޔޮ ސްކޮލަޝިޕްތައް ލިބޭނެ ފުރުސަތުތަށް ހުންނާނެ ކަމަށް ގްލޯނެޓުން ބުންޏެވެ. އެގޮތުން 50 ޕަސެންޓާއި 100 ޕަސެންޓް ޓިއުޝަން ފީ ފްރީ ސްކޮލަޝިޕް، އެ ފެއާއިން ލިބޭނެ ފުރުސަތުތައް ވަނީ ހަމަޖެހިފަ އެވެ.

ގްރޭޑް ހަތަކާއި 12 ގައި ކިޔަވާ ދަރިވަރުންނަށް އެ ފެއާގައި ކެރިއާ ގައިޑެންސް ސެމިނާއެއް ހިންގަން ވެސް ގްލޯނެޓުން ވަނީ ހަމަޖައްސާފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ސެމިނާގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ވެގެން ކަމަށް ގުލޯނެޓުން ބުންޏެވެ.

މިދިޔަ އަހަރުގެ ޔުނިވަސިޓީ އެޑިއުކޭޝަން ފެއާއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެ އަހަރު ވެސް އެ ފެއާއަށް 000،2 އަށް ވުރެ ގިނަ ޒުވާނުން ޒިޔާރަތްކުރި ކަމަށް ގުލޯނެޓުން ބުންޏެވެ.