05 Jan 2018, 16:28
ކޮރެއޮގްރާފަރު އަހްމަދު ޚާންގެ "ބާގީ 2" އަންނަ މާޗް މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ފެނިގެންދާ އެ ފިލްމަކީ ގިނަ އަދަދަކަށް އެކްޝަނުގެ ބައި ހިމެނޭ ފިލްމެކެވެ.
ފިލްމް "ބާގީ"ގައި ޓައިގާ އާ އެއްކޮށް ޝްރައްދާ ކަޕޫރު ފެނިގެންގޮސްފައިވީ ނަމަވެސް މިފަހަރު ފެންނާނީ ދިޝާއެވެ.
ފުރަތަމަ ފިލްމުގައި ޓައިގާ އާއި ޝްރައްދާ ކަޕޫރުގެ ފަރާތުން ރަނގަޅު އެކްޓިންއެއް ފެނިގެންދިޔަ ނަމަވެސް، ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނާޑިއަޑްވާލާ ބޭނުންވީ ޖޯޑު ބަދަލުކޮށްލާށެވެ. އޭނާ ބުނީ ޓައިގާ އާއި ދިޝާ ޕަޓާނީގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށާއި ދިޝާއަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށެވެ.
Kickstarting the New Year with yet another favourite franchise film!#SajidNadiadwala’s Baaghi2 to release on March 30, 2018 directed by@khan_ahmedasas! Get Ready as the Rebels For Love@iTIGERSHROFF&@DishPatanito arrive soon!@WardaNadiadwala@foxstarhindi#Baaghi2onMarch30pic.twitter.com/7uwkvzE0ls
— Nadiadwala Grandson (@NGEMovies)January 4, 2018
'ބާގީ'ގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ފިލްމުގެ ސްޕިންއޯފް އަކަށެވެ. ފުރަތަމަ ބައިގައި ޓައިގާ ކުޅެފައިވަނީ ލޯތްބަށްޓަކައި ހަނގުރާމަ ކުރަމުންދާ މީހެއްގެ ރޯލެވެ. 'ބާގީ 2'ގައި ޓައިގާ ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ.
"ބާގީ 2" އަކީ ދިޝާ އާއި ޓާއިގާ އާ ދެ ތަރިން އެއްކޮށް ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.