ކައިވެނި ޕާޓީއެއް ބާއްވާ އިރު ވަކި ހާއްސަ ކުލައެއް ނަގައިގެން އެ ކުލައަކުން ހެދުން ފަހައިގެން ލުމަކީ މިހާރުގެ ޓްރެންޑެވެ. ރާއްޖޭގައިވެސް މިއީ އާންމު ކަމަކަށް ވެފައިވާ އިރު، މިއަހަރު ބާއްވާ ކައިވެނިތަކުގައި އެންމެ އާންމު ކުލައަކަށް ވާނީނޮސްޓެލްޖިއާ ރޯސްކަމަށް ފެޝަންގެ ދުނިޔޭގައި ނަން މަޝްހޫރު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މި ކުލައިގެ ކޯޑަކީ PANTONE 17-1512 TPX އެވެ. ކުރިއަށްއޮތް ތަނުގައި ކުރެވޭ ކައިވެނިތަކުގައި ބްރައިޑްސް މެއިޑުންގެ ހެދުންތައް އެންމެ ގިނައިން ފެންނާނީ މި ކުލައިން ކަމަށް ބެލެވިފައިވާ އިރު، ވެޑިން ޑެކަރޭޝަންވެސް މި ކުލައާ ގުޅުވާލާނެ ކަމަށް ބެލެވެ އެވެ.

ނޮސްޓެލްޖިއާ ރޯސް --

ޑަސްޓީ ޕިންކް އާއިލާގެ މި ކުލައަކީ މިހާރުވެސް ކައިވެނިތަކުގައި ބޭނުންކުރާ ކުލަތަކާ އާއިލީ ކުލައެކެވެ. މި ކުލަ އަކީ "އެސްތެޓިކް" ކުލައެއް ކަމަށާއި ކައިވެނި ފަދަ ހަފްލާތަކާ އެންމެ އެކަށޭނެ ކުލައެއް ކަމަށްވެސް ފެޝަން ބްލޮގަރުން ބުނެ އެވެ. މި ކުލައަކީ ހަންގަނޑު އަލި މީހުންނާ ގުޅޭނެ ކުލައެކެވެ.

ނިމިގެންދިޔަ ސީޒަންގެ ގިނަ ބްރައިޑަލް ފެޝަން ޝޯތަކުގައި މި ކުލައިގެ ހެދުންތައް ވަނީ ބްރައިޑްސް މެއިޑް ކެޓަގަރީ އިން ފެނިގެން ގޮސްފަ އެވެ.

(އިންޑިޕެންޑެންޓް)