ޓެކްސަސް (04 ޖެނުއަރީ): އެމެރިކާގެ އޮކަހޯމާ ސްޓޭޓުން ޓެކްސަސް ސްޓޭޓަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ގެއްލިއްޖެއެވެ.

އޮކަހޯމާ ކޭފޯ ނިއުސް ޗެނަލްއިން ބުނީ، އެ ބޯޓް ނައްޓާލީ އިއްޔެ ކަމަށާއި މިއަދު ޓެކްސަސްގެ ޖޯޖްޓައުންއަށް ބޯޓު ޖައްސަން ހަމަޖެހިފައި އޮތް ނަމަވެސް ބޯޓުގެ އެއްވެސް ހަަބަރެއް ނުވާ ކަމަށެވެ.

އޮފިޝަލުން ބުނީ، އެ ބޯޓް ޖޯޖްޓައުންއާ ދިމާލަށް ދަތުރުކުރަމުން ގޮސް ވަކި ހިސާބަކުން އޭގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބޯޓުގެ ޕައިލެޓާ ގުޅުން ކެނޑުނީ ޓެކްސަސްގެ ފްރީޕޯޓް ސަރަަހައްދުން ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ.

ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެމެރިކާގެ ކޯސްޓު ގާޑުން ބުނީ، އެ ބޯޓު ހޯދުމަށްޓަކައި ޓެކްސަސްގެ ފްރީޕޯޓްގެ ކަނޑުގެ ސަރަަހައްދަށް މިހާރު ބޯޓެއް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ.

ސިރަސް އެސްއާރު22 އެ ބޯޓަކީ އެންމެ ފަސް މީހުންގެ ޖާގައިގެ ބޯޓެކެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ނެރުނު ރިޕޯޓްގައި ބުނީ، އެ ބޯޓް އެންމެ ފަހުން ރާޑަރަށް ފެނިފައިވަނީ ގަލްފް އޮފް މެކްސިކޯއާ ދިމާލުން އުތުރުހުޅަނގުން 219 މޭލު ސަރަަހައްދުން ކަމަށެވެ.

ބޯޓު ވެއްޓުނީ ކަމަށް މިހާތަނަށް އޮފިޝަލުން އަދި ނުނިންމައެވެ.

މަސްދަރު: އާރުޓީ