05 Jan 2018, 10:51
އެއް ތަނެއްގައި އެއް މަސައްކަތެއް ކުރާ އިރު، އަންހެން މުވައްޒަފުންނަށް ވުރެ ގިނައިން ފިރިހެން މުވައްޒަފުންނަށް މުސާރަ އިތުރަށް ދިނުމަކީ ގާނޫނީ ކުށެއް ކަމަށް އައިސްލޭންޑް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ގާނޫނުގައި ބުނީ، ގާނޫނާ ހިލާފުވާ ކޮންމެ ކުންފުންޏެއް ވެސް ބޮޑު އަގަގުން ޖޫރިމަނާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެ ގާނޫނު މިދިޔަ މާޗް މަހު ފާސްކޮށްފައިވީ ނަމަވެސް، އެއަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުން ފެށިގެން ކަމަށްވެސް އެ ގާނޫނުގައި ވެއެވެ.
އެ ގައުމުގެ އަންހެނުންގެ ހައްގުތަކާ ބެހޭ ކޮމިޓީގެ ބޯޑް މެމްބަރު ޑެގްނީ އޮސްކް ވިދާޅުވީ، އައިސްލޭންޑުން ފާސްކުރި ގާނޫނަކީ ވަރަށް މުހިންމު އަދި ރަނގަޅު ގާނޫނެއް ކަމަށާއި އެކަމުގެ ސަބަބުން އަންހެނުންނަށް އިތުރަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުނީ، އެކަމުގެ ސަބަބުން އަންހެނުންނަށްވެސް އެމީހުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މައުލޫމާތު: މޮނީ