މެލޭޝިއާގައި ބޭއްވި ބައިނަލް އަގުވާމީ "މެންޓަލް އެރިތްމެޓިކަލް" މުބާރާތެއްގެ އެއްވަނަ ހޯދައި ދުނިޔޭގެ އެންމެ ސްމާޓް ކުއްޖާގެ ލަގަބު މިސްރު ކުއްޖަކު ހޯދައިފި އެވެ.

މި މުބާރާތުގައި 3000 މީހުން ބައިވެރިވި އިރު މުބާރާތުގެ އެއްވަނަ ހޯދީ މިސްރަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ އަބްދުރަހުމާން ހުސައިން އެވެ.

އޭނާ ވަނީ 230 "އެރިތްމެޓިކް ޕްރޮބްލަމް" އެންމެ އަށް މިނެޓް ތެރޭ ނިންމާލައިފަ އެވެ.

ހުސައިންގެ ބޭބެ ބުނީ މި މުބާރާތަށް ތައްޔާރުވުމަށް އޭނާ ޓްރެއިނިންތައް ހަދާތާ ފަސް އަހަރު ވެއްޖެ ކަމަށެވެ.

މިއީ ކުދިންގެ ވިސްނުމުގެ ހުނަރު ތަރައްގީކޮށް، ކުރިއެރުވުމަށް ބާއްވާ މުބާރާތެކެވެ. ކުއްޖާގެ ސިކުނޑީގެ މަސައްކަތް ބެލެންސްކޮށް ވިސްނުން ފުޅާކުރުމަށް މިފަދަ މުބާރާތްތައް އެހީއަކަށްވާނެ ކަމަށް ވެސް އިންޓެލިޖެންސް އެޑިއުކޭޝަން ގްރޫޕުން ބުނެ އެވެ.

މައުލޫމާތު: އިންޑިޕެންޑެންޓް