އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލަކަށް އުފަންވި އެއްމާބަނޑު ދެބެއިންގެ ވާހަކަ ސަމާލުކަމަށް އައީ އެ ދެބެއިންގެ އުފަންދުވަސް ދެ ދުވަހަކަށް ވީތީ އެކަންޏެއް ނޫނެވެ. އެ ދެބެއިން އުފަންވީ ވެސް ދެ އަހަރެއްގައި ކަމަށް ވީތީ އެވެ.

މިފަދަ ހާދިސާތައް ކޮންވެސް ވަރަކަށް ހިނގާފައި އެބަހުއްޓެވެ.

ކެލިފޯނިއާގެ ޑެލާނޯ ރީޖަނަލް މެޑިކަލް ސެންޓަރަށް މާރިއާ އާއި އެނާގެ ފިރިމީހާ ދިޔައީ މާރިޔާގެ ބަނޑުގައި ރިއްސާތީ އެވެ. އެ ދެމަފިރިންނަށް ލިބެން އުޅޭ އެއްމާބަނޑު ދެބެއިންގެ ތެރެއިން ދޮށީ ދަރިފުޅު އުފަންވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ 11:58 ގަ އެވެ. ދެވަނަ ދަރިފުޅު އުފަންވާނީ ޖެހިގެން އަންނަ އަހަރު ކަމަށް އެ ދެމެފިރިންނަށް ހީކުރެވުނެވެ.

ކަން ވީވެސް އެހެންނެވެ. ހަގު ދަރިފުޅުވީ އަންހެން ކުއްޖަކަށެވެ. އެކުއްޖާ އުފަންވީ އެއްމާބަނޑު ބޭބެއަށް ވުރެ 16 ވަރަކަށް މިނެޓް ފަހުން ޖެނުއަރީ އެއްވަނަ ދުވަހުގެ 12:16 ހާއިރު އެވެ.

ދެ ކުދިން އުފަންވުމުގައި ތަފާތެއް ހުރީ ދެވަނަ ދަރިފުޅު ސިޒޭރިއަން އެއް ހަދައިގެން ނަގަން ޖެހުމުންނެވެ.

މާރިއާގެ ދެމަފިރިންނަށް އެއްމާބަނޑު ދެކުދިން ލިބުނު އިރު އެ ދެމަފިރިންގެ އިތުރު ތިން އަންހެން ކުދިން އެބަތިއްބެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެ އަހަރެއްގައި އުފަންވެފައި ތިބި އެއްމާބަނޑު ކުދިންގެ އަދަދު 60000 އަށް އަރަ އެވެ.