03 Jan 2018, 11:24
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ.ރަންގަލި، ހަމްދީ އަގީލް ހަމަޖައްސައިފިއެވެ.
ހަމްދީ އަގީލް އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖެއްސައިފައިވާކަން ޕްރައިވަޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ހަމްދީ ވަނީ މީގެ ކުރިންވެސް ސަރުކާރުގެ މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމާއި އެސްޓީއޯ ގޭހުގެ ޗެއާމަންކަމުގެ މަގާމުވެސް ހަމްދީ ވަނީ ފުރުއްވައިފައެވެ.
އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމްދީ ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަފާއު ހަސަން މަސް ދުވަސް ނުވަނީސް އެ މަގާމުން ދުރުކުރުމަށްފަހުއެވެ.