03 Jan 2018, 11:55
ސައުދީ އަރަބިއާގައި ވަޒީފާނެތް މީހުންގެ ނިސްބަތް 5.8 ޕަސެންޓަށް ދަށްވެއްޖެ އެވެ.
ހުސްވި އަހަރުގެ ތިންވަނަ ކުއާޓާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތާ އަޅާބަލާއިރު ތިން ވަނަ ކުއާޓާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ ދަށަށް ގޮސްފަ އެވެ.
ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށަށް ދިޔަ ނަމަވެސް އަލަށް ވަޒީފާ ހޯދާ މީހުންގެ ނިސްބަތް 12.8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
ގީ20ގެ ގައުމުތަކަށް ބަލާއިރު ސައުދީ އަރަބިއާ ހިމެނެނީ 2017 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ ދަށް 12 ވަނަ ގައުމުގެ ގޮތުގަ އެވެ.
ސައުދީގައި އަންހެނުން ބާރުވެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް މިހާރު ކުރަމުންދާއިރު، ވަޒީފާ ނެތް އަންހެނުންގެ އަދަދު ވަނީ 21 ޕަސެންޓަށް ދަށްވެފަ އެވެ.