11 Aug 2011, 22:19
އިޓަލީ ކްލަބް ޔުވެންޓަސްއަށް ކުޅެން ބޭނުންނުވާ ކަމަށާއި ހެމްބާގްއިން ނިންމި ނިންމުމާ މެދު ހިތްހަމަޖެހޭކަމަށް ޔުވެންޓަސްއިން އަންނަ ސީޒަނަށް ހޯދުމަށް މަސައްކަތްކުރާ ހޮލެންޑްގެ ހެމްބާގް ތަރި އެލްޖީރޯ އެލިއާ ބުނެފި އެވެ.
ޔުވެންޓަސްއިން އެލިއާއަށް ހުށަހަޅާފައިވާ ހަތް މިލިޔަން ޕައުންޑް ދޫކޮށްލާފައިވާކަމަށް އެކްލަބުން މިހަފްތާ ކުރީކޮޅުވަނީ ހާމަކޮށްފަ އެވެ. އަދި މިކަމާ މެދި އެލިއާ ހިތްހަމަޖެހާކަމަށާއި އޭނާ ބޭނުންވަނީ ބޮޑު ކްލަބަކަށް ދާންކަމަށް އެލިއާ ހާމަކުރިއެވެ.
"ކްލަބް ބުނި އަހަރެން ޔުވެންޓަސްއާއި ގުޅުނަކަ ނުދޭނަމޭ. އަހަރެންނަށް ކްލަބުން ނިންމި ނިންމުމަކީ މައްސަލައެއް ނޫން. އާސެނަލް ނޫނީ ޗެލްސީ ކަހަލަ ކްލަބަކުން ހުށަހެޅުމެއް ލިބިއްޖެ ނަމަ އެ ކްލަބުތަކާއި ވާހަކަދައްކާނެ ކަމަށް އަހަރެން ކްލަބާ އެކު އެއްބަސްވެފައިވާނެ. ޔުވެންޓަސްއަކީ އިޓަލީގެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނުނަސް އަހަރެންނަށް ޔުވެންޓަސްއަކީ ހެމްބާގަށްވުރެ މޮޅު ޓީމެއްނޫން." އެލިއާ ބުންޏެވެ.
ޖަރުމަންވިލާތުގެ ހެމްބާގަށް ކުޅެމުންދާ ހޮލެންޑްގެ ޒުވާން ތަރިވަނީ އެޓީމު އެންމެފަހުން ބްރޫސިއާ ޑޯޓްމުންޑް އަތުން 3-1 ން ބަލިވި މެޗްގައިވެސް ކުޅެފަ އެވެ. ހެމްބާގާއި އެލިޔާއާ ދެމެދު ކުރިން ހެދިފައިވާ އެއްބަސްވުމުގައިވާގޮތުން އޭނާ އެކްލަބަށް 2014 ވަނަ އަހަރާއި ޖެހެންދެން ކުޅޭނެ އެވެ.