03 Jan 2018, 09:37
މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ. އަތޮޅާއި ތ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:15 އިން މެންދުރު އެކެއް ޖެހުމާ ހަމަ އަށެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ.
އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.
މިއަދަށް ލަފާ ކުރާ މޫސުން
- ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވޭ
- ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްލަފާކުރެވޭ
- ދެކުނުގެ އަތޮޅުތަކަށް ހުޅަގާއި ހުޅަގު އުތުރުން އަދި އެހެންހިސާބުތަކަށް އުތުރާއި އިރުއުތުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
ވިލާގަޑުގައި ގަޑިއަކު ގާތްތަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވޭ
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަޑުގައި އާދައިގެވަރަކަށް ގަދަވާނެ