އައްޑޫ ސިޓީ ލިންކް ރޯޑްގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ޕިކަޕުގެ ޑްރައިވަރުގެ ބަންދަށް ހަ ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހައްޔަރުކުރި އުމުރުން 33 އަހަރުގެ އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރީ އިއްޔެ ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ގދ. ވާދޫ، ނެސްޓް އުމުރުން 13 އަހަރުގެ އަރުޝަމް އިބްރާހިމް ވަނީ މަރުވެފައެވެ. އަރުޝަމް މަރުވީ ބޮލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓު ހިނގިތާ ތިން ދުވަސް ފަހުންނެވެ.

އެކްސިޑެންޓު ހިނގި އިރު އަރުޝަމް އިނީ ސައިކަލު ފަހަތުގައެވެ. ސައިކަލުިގެ ކުރީގައިއިނީ 21 އަހަރުގެ އަނަސް ހުސައިންނެވެ. އައްޑޫ ސިޓީ މަރަދޫ އަށް ނިސްބަތްވާ އަނަސް އަށް ލިބުނު އަނިޔާތަކަށް މާލޭގައި ދަނީ ފަރުވާ ހޯދަމުންނެވެ.