11 Aug 2011, 21:53
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ސިންގަލްސް ސެމީ ފައިނަލުގައި މިއަދު ރާއްޖޭގެ މުހައްމަދު އަޖްފާން ކުޅުނު މެޗުން އޭނާ ބަލިވެއްޖެ އެވެ.
ސީޝެލްސްގެ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅުނު މެޗުން އަޖްފާން ބަލިވެފައި ވަނީ 2-0ގެ ނަތީޖާއަކުންނެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން އަޖްފާން ޖާގަ ހޯދާފައި ވަނީ މިއަދު ހެނދުނު ސީޝެލްސްގެ ކުޅުންތެރިއަކާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ.
މިމުބާރާތުގެ ސިންގަލްސް ކުއާޓާ ފައިނަލުގައި މިއަދު ހެނދުނު ރާއްޖޭގެ މުހައްމަދު ނަޝްފާންއާއި ޝާރިމްގެ އިތުރުން ނަޝީއު ކުޅުނު މެޗްތަކުން މިތިން ކުޅުންތެރިންވެސްވަނީ ބަލިވެފަ އެވެ.
ސީޝެލްސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފްޓްބޯޅަ ޓީމް ވަނީ ބޮޑު ތަފާތަކުން ސީޝެލްސް އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. އަދި މުބާރާތުގައި ބައިވެރިވި އެ ނޫން ކުޅިވަރުތަކުން ވެސް މާ ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.