ގައުމީ އެއާލައިން، މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ.

މިއަދު ހެނދުނު ރާއްޖެ ގެނައި އެ ބޯޓަކީ ޑީއެޗްސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ.

މޯލްޑިވިއަނުން ވަނީ، ރިސޯޓުތައް އިތުރުވަމުންދާތީވެ ގައުމީ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވެސް ދެ ސީޕްލޭނެއް ގެނެސްފައެވެ.

މިއަދު ގެނައި 13 ވަނަ ސީޕްލޭންއާއެކު، މޯލްޑިވިއަންއާއެކު ސޮއިކޮށްފައިވާ ރިސޯޓްތަކާއި އިތުރު ރިސޯޓްތަކަށްވެސް ފަތުރުވެރިން އުފުލުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން ބުނީ، މިއަދު ގެނައި ސީ ޕްލޭންގެ އިތުރުން މިމަހުގެ ކުރީކޮޅުގައި ޑޭޝް 8 މަރުކާގެ އެއާކްރާފްޓެއް ވެސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.