02 Jan 2018, 09:09
ޔަޝް ރާޖްގެ ފިލްމް 'ސުއި ދާގާ' އަކީ ތަފާތު ފިލްމެއް ކަމަށާއި އެ ފިލްމުން ދައްކުވައިދޭނީ މުޅިން ތަފާތު ރޯލެއް ކަމަށް ޒުވާން ބަތަލު ވަރުން ދަވަން ބުނެފި އެވެ.
އަނުޝްކާ އާ އެކީ ވަރުން ލީޑް ރޯލުން ފެންނަ އިރު އޭނާ ބުނީ އެ ފިލްމަޚި ތަފާތު މޮޅު ފިލްމެއް ކަމަށާއި އެ ފިލްމްގައި އޭނާ އަދާ ކުރާ ރޯލަކީ ފަހާ މީހެއްގެ ރޯލުކަމަށެވެ.
"މި ފިލްމަކީ އެހެން ހުރިހާ ފިލްމްތަކާ އަޅާ ބަލާއިރު މުހިއްމު ފިލާވަޅެއް ލިބިގެންދާނެ ފިލްމެއް. ފިލްމަކީ މޮޅު ފިލްމެއް. އަނެއްކޮޅުން އަނުޝްކާ އާ އެކީ ފިލްމްގައި ހަރަކާތްތެރިވާން ލިބުމަކީ ލިބޭ އެންމެ ބޮޑު އެއް އުފާ،" އޭނާ ބުންޏެވެ.
މި ފިލްމަކީ އިންޑިއާގެ ބައްޕަ "މަހާތުމާ ގާންދީ"އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ. މި ފިލްމަކީ ވަރުން އާއި އަނުޝްކާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ސްކްރިޕްޓް ކިއުމަށް ފަހު ފިލްމަށް އާނ ބަސް ބުނީ ފުރިހަމަ ފިލްމަކަށް "ސުއި ދާގާ" ވާނެ ކަން ޔަގީންކޮށްފައި ކަމަށް ވެސް ވަރުން ވަނީ ބުނެފަ އެވެ.
ވަރުން ބުނީ ވޭތުވެ ދިޔަ އަހަރަކީ އޭނާގެ ފިލްމީ ކެރިއަރުގައި ވެސް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.