ހއ. އިހަވަންދުގައި ބަންނަމުންދިޔަ ފައިބަރު ދޯންޏެއްގައި ރޯކޮށްލައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ މެންބަރު އަބްދުﷲ ޚަލީލް "ސަން" އަށް ވިދާޅުވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ރޯކޮށްލާފައިވަނީ އެރަށު ކުޑަކަތީބު މަގުގައި އޮތް ދޯންޏެއްގައި ކަމަށެވެ.

"އެއްބައި ބަނދެފައިވާ ދޯންޏެއްގައި ރޯވީ. ބެލެވެނީ ހަމަ ރޯކޮށްލީ ކަމަށް،" އެނާ ވިދާޅުވިއެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ރަމީޒު ވިދާޅުވީ ރޯވެފައިވަނީ 80 ފޫޓުގެ ދޯންޏެއްގައި ކަމަށެވެ. ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގައި އޮތް ފައިބަރު ދޯންޏެއްގައި އަލިފާން ރޯވެފައި--- ސަން ފޮޓޯ

އަލިފާން ނިއްވާލެވުނު އިރު ދޯނި އެއްކޮށް އަނދާފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.