01 Jan 2018, 17:06
ތެހެރާން (ޖެނުއަރީ 1): އީރާނުގެ އެކި ސަރަހައްދުތަކުގައި ރޭ ބޭއްވި މުޒާހަރާތުގައި 10 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
އީރާނުގައި ތަކެތީގެ އަގު މަތިވުމާ ގުޅިގެން އެގައުމުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު މަޝްހަދުގައި ބުރާސްފަތި ދުވަހު ފެށުނު މުޒާހަރާ މިހާރު ވަނީ އިތުރު ސިޓީތަކަށް ފުޅާވެފަ އެވެ. އަދި ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތަކުގައި ދެ މީހަކު މަރުވެފައިވާ އިރު އެތައް ސަތޭކަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މުޒާހަރާގެ ބައިވެރިން ދަނީ ގައުމުގެ ރައީސް ހަސަން ރޫހާނީ އާއި އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އެއީ 2009 ވަނަ އަހަރުގެ ފަހުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ބާއްވާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެމުޒާހަރާތަކާ ގުޅިގެން ރައީސް ރޫހާނީ ވަނީ ސަރުކާރަށް ފާޑު ކިޔުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމުޒާހަރާތަކުގެ ތެރެއިން ގައުމުގައި ހަމަނުޖެހުން އުފައްދަން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ. އަދި އެމުޒާހަރާތަކާ ގުޅިގެން އީރާނުން ވަނީ ސޯޝަލް މީޑިއާ އެޕްތައް ކަމަށްވާ ޓެލެގްރާމް އަދި އިންސްޓަގްރާމް އެވެ. (ބީބީސީ)