ބޮލީވުޑްގެ ތަރި ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ހިންދީ ފިލްމު ޖުޅްވާ 2 އިން އެންމެ ފަހުން ފެނިގެން ދިޔަ ބަތަލް ރާއްޖެ އައިސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް އެނގިފައިވެއެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

ވަރުން ވަނީ އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގެ ރިސޯޓެއްގެ މޫދުގައި ނަގާފައިވާ ދެ ފޮޓޯއެއް ހިމަނާފައެވެ.

ވަރުން ދަވަން ރާއްޖޭގައި---

ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ރާއްޖެއަކީ ބޮލީވުޑްގެ ފަންނާނުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ވެސް ރާއްޖޭގައި ޗުއްޓި ހޭދަކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ޓައިގާ ޝްރޮފް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ --- ފޮޓޯ: އިންސްޓަގްރާމް

ވަރުން އާއި ޓައިގާ ވަނީ މީގެ ކުރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.