ރ. އަލިފުށީ ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި ނަމަވެސް ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ގޭގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 3:45ގައި ކަމަށާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ފަތިހު 5:00 ޖަހާ އެހާކަންހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.