އާ އަހަރުގެ ޝޯއާ ގުޅިގެން ކާނިވަލް ސަރަހައްދުން ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކޮށް، ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.

މިރޭ ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގެ ކާނިވަލް ސަރަހައްދުންވާ ބައިގެ އިތުރުން މެހެލި ގޯޅިއާއި ފިލިގަސްމަގު، އެފްއެސްއެމް ޕެޓްރޯލް ޝެޑް ވަށާލެވޭ މަގެވެ.

ބޮޑުތަކުރުފާނު މަގުން ބަންދުކޮށްފައިވަނީ، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ހަމައަށެވެ. އަދި އެ ހިސާބުން ފެށިގެން މަޖީދީމަގާ ހަމައަށްވާ ސަރަހައްދު ވަނީ އުތުރުން ދެކުނަށް އުޅަނދު ދުއްވާގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައެވެ. އޭގެ އިތުރުން ފެރީ ޓާމިނަލުން މެހެލި ގޯޅިއަށް އުތުރުން ދެކުނަށް ދުއްވާގޮތަށްވެސް ޓްރެފިކް ފްލޯއަށްވަނީ ބަދަލު ގެނެސްފައެވެ.

ކުރީ ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ އާ އަހަރުގެ ޝޯވެސް ވަރަށް ފޯރިގަދަވާނެއެވެ. ކާނިވަލް ސަރަހައްދުގައި ކުރިއަށްދާ ޝޯގައި ފާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފަތޭހް އަލީ ހާން އާއި އިންޑިއާގެ ލަވަކިޔުންތެރިޔާ މީކާ ސިންގް ބައިވެރިވާ އިރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި މޭނާ ހައްސާން އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ރީތި ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.