Back
Nov 23, 2025 SUN
SUN

ކުޑަކުއްޖާ މަރުވި އެކްސިޑެންޓާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ، ތަހުގީގު ދަނީ ކުރިއަށް: ފުލުހުން

ކުޑަކުއްޖާ މަރުވި އެކްސިޑެންޓާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ، ތަހުގީގު ދަނީ ކުރިއަށް: ފުލުހުން
Lead photo

އައްޑޫ ސިޓީ ލިންކް ރޯޑްގައި މިދިޔަ އަންގާރަދުވަހު ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

އެ އެކްސިޑެންޓްގައިވަނީ 13 އަހަރުގެ ކުޑަ ކުއްޖަކު މަރުވެފައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު 9:50 އެހައިކަންހާރިއިރު ހިތަދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވީ ގދ. ވާދޫ، ނެސްޓް އުމުރުން 13 އަހަރުގެ އަރުޝަމް އިބްރާހިމެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަޖީބު ވިދާޅުވީ އެ އެކްސިޑެންޓާ ގުޅިގެން ދެ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ ސައިކަލު ދުއްވަން އިން ޒުވާނާއެވެ. އަދި ދެން ގެނައީ ކުޑަ ކުއްޖަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޖީބު ވިދާޅުވީ ކުޑަކުއްޖާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށްކަމަށާއި އެކުއްޖާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

އެކުއްޖާ މަރުވީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ ވަރަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

"ތަހުގީގު ދަނީ ކުރިއަށް. އެ މައްސަލައާ ގުޅިގެން ހުރިހާ ފަރާތަކުންވެސް ވަރަށް ބޮޑަށް ފުލުހުންނަށް އެއްބާރުލުން ދެމުންދަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެކުއްޖާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics