31 Dec 2017, 10:02
ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ އާ ފިލްމުގެ އަންހެން ތިން ލީޑް ތަރިން އުޅޭނެ ކަމަށް ވިޝާލް ބުނެފި އެވެ.
ފިލްމަށް ކިޔާނެ ނަމެއް އަދި 'ފައިނަލް' ވެފައިނުވާއިރު ފިލްމު ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި ދެން ކުރިއަށް އޮތީ ފިލްމުގައި ހަރަކާތްތެރިވާ ތިން އަންހެން ލީޑް ތަރިން ހޯދުން ކަމަށް ވިޝާލް ބުންޏެވެ.
ވިޝާލް ބުނީ ފިލްމު ކުޅުމަށް ނަގާނީ ވަރުގަދަ ތިން އަންހެން ބަތަލާއި އިން ކަމަށެވެ.
"އަހަރެން އަބަދު ވެސް ބަލަން ފިލްމަކަށް ތަރިން ނަގާއިރު މަސައްކަތްކުރާ ހިތްވަރުގަދަ ތަރިން ނަގަން. އެކްޓް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. ކެރިގެން ކުރިމަތިލައިގެން މިކަހަލަ ކަންތައްތައް ވާނީ. މޮޅު އަންހެން ތިން ތަރިން ފިލްމުން ފެންނާނެ،" އޭނާ ބުންޏެވެ.
ވިޝާލް ބުނީ ފިލްމަކީ ތަފާތު ފިލްމެއް ކަމަށާއި ފިލްމުން މުޖްތަމައު އަށް ވަރަށް ރަނގަޅު މެސެޖެއް ދޭނެ ކަމަށެވެ.