އިނިގިރޭސިވިލާތުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ހެދި ލަންޑަނަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާގެ ކުޅުންތެރިން ދިރިއުޅެމުންދަނީ ބިރަކާއެކު ކަމަށް އެކްލަބުގެ ބްރެޒިލް ގޯލްކީޕަރު ހެރޭޅިއޯ ގޮމޭސް ބުނެފި އެވެ. އެ ކްލަބްގެ ފޯވާޑް ރޯމަން ޕަވްލިޔުންޝެންކޯއަށް އިނގިރޭސިވިލާތަށް ދިއުން އޭނާގެ އަންހެނުންވަނީ މަނާކޮށްފަ އެވެ.
މީހުންގެ އަމިއްލަ މުދަލަށް ގެއްލުން ދިނުމާއި ވައްކަމާއި ފޭރުމުގެ އިތުރުން ހަމަނުޖެހުންތައް ގިނަ ވަމުންދާތީ އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ފާއިތުވި ދެ ރޭ ވެސް މަގުމަތީގައިވަނީ ފޯރިމަރާފަ އެވެ. ލަންޑަންގައި ފެށި މިހަމަނުޖެހުންތައް ވަނީ މެންޗެސްޓާ، ލިވަޕޫލް އަދި ބާމިންގްހަމްއަށް ވެސް ފެތުރިފަ އެވެ.

"ކްލަބާއި ވާހަކަދެއްކުމުން ކްލަބުން އިރުޝާދުދިނީ މަގުތަކަށް ނުނުކުމެވޭތޯ ބެލުމަށް. މިހާރު ސްކޮޑްގައި ވަނީ ބިރުވެރިކަން އުފެދިފައި. އަހަރެން ދިރިއުޅޭ ގެ ހުންނަނީ ހަމަނުޖެހުންތައް ހިނގާ ހިސާބާ ވަރަށް ކައިރީގައި." ގޮމޭސް ބުންޏެވެ.

ލަންޑަނަށް ނިސްބަތްވާ އަނެއް ކްލަބްކަމަށްވާ ޗެލްސީއަށް ކުޅެމުންއަންނަ ބްރެޒިލްގެ ޑޭވިޑް ލުއިޒްއާއި އެލެކްސްއާ ވެސް މިހަމަނުޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާނެ ކަމަށް ގޮމޭސް ބުންޏެވެ.

"ލުއިޒްއާއި އެލެކްސްއާއި ދެކުޅުންތެރިންނާ ވެސް މިވެގެންއުޅޭ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށްލިން. މީހުން ކުރިން ހީކުރަމުންދިޔައީ ބްރެޒިލްއާއި ޚިލާފަށް އިނގިރޭސިވިލާތަކީ މިކަހަލަ ހަމަނުޖެހުންތައް ކުޑަ ގައުމެކޭ. ނަމަވެސް ހަގީގަތަކީ އެއްވެސް ގައުމެއްގައި ހަމަޖެހުމެއް ނެތްކަން." ގޮމޭސް ބުންޏެވެ.