30 Dec 2017, 12:20
މާދަމައަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ އެމްޕީއެލް އިން ދެމުންދާ ހިދުމަތްތައް ވެސް މާދަމާ މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޕީއެލް އިން ނެރުނު ދެންނެވުމެއްގައި ވަނީ މި މަހުގެ 31 ވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައާޅުއްވާފައި ވާތީ އެ ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން އެމްޕީއެލް އިން ދެމުންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ. ދެން ހިދުމަތް ދޭން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް ވެސް އެ ދެންނެވުމުގައިވެ އެވެ.
ފާއިތުވި އަހަރުގެ އެންމެ ފަހު ދުވަހު ވެސް އެމްޕީއެލް އިން ދެމުންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލި އެވެ.