29 Dec 2017, 20:42
ޕެނަލްޓީ ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް ކްލަބް އީގަލްސް އިން ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފިއެވެ.
އީގަލްސް ވަނީ 2014 ވަނަ އަހަރު ބޭއްވި މުބާރާތާއި އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު ބޭއްވިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން: މި މެޗު ޕެނަލްޓީ ޖަހައިގެން 8-7 އިން ކާމިޔާބު ކޮށް ތަށި އުުފުލާލީ އީގަލްސްއިން-- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. އެހެން ކަމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ އީގަލްސް މޮޅުވީ 8-7 ގެ ނަތީޖާއަކުންނެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން: މި މެޗު ޕެނަލްޓީ ޖަހައިގެން 8-7 އިން ކާމިޔާބު ކޮށް ތަށި އުުފުލާލީ އީގަލްސްއިން-- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މާޒިޔާއިންނެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ އިބްރާހިމް އަތީގުއެވެ. ދެވަނަ ހާފުގައި އީގަލްސް އިން ވަރަށް ނަތީޖާ އެއްވަރު ކުރަން ކުޅުން ރަނގަޅު ކޮށްފައެވެ. ނަމަވެސް ހަމަލާތައް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތްވީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ތޮލާލް އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން: މި މެޗު ޕެނަލްޓީ ޖަހައިގެން 8-7 އިން ކާމިޔާބު ކޮށް ތަށި އުުފުލާލީ އީގަލްސްއިން-- ސަންފޮޓޯ/ މުހައްމަދު އަފްރާހް
މާޒިޔާއިން ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރި ކުޅުންތެރިންނަކީ ސަމޫހު އަލީ، އަބްދުﷲ ޖުނައިދް، މުހައްމަދު ޝަހާއު، އިބްރާހިމް އަތީގު، މުހައްމަދު އަޒްހާން، ސަމޫހު އަބްދުﷲ އަދި ހުސެއިން ޝަރީފު އެވެ. އީގަލްސް އިން ޖެހި ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް، މުހައްމަދު ނާއިމް، އަލީ ޝަމާލް، ހައިޝަމް ހަސަން، އަބްދުﷲ ޝާފިއު، ހުސެއިން ފައިސަލް އަދިި މުހައްމަދު އަޝްވަން އެވެ.
މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާޒިޔާގެ އިބްރާހިމް އަތީގު އާއި އަބްދުﷲ ޖުނައިދު އާއި އީގަލްސްގެ މުހައްމަދު ނާއިމް އަދި މުހައްމަދު އަޝްވާން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އީގަލްސްގެ ކޯޗު އަހުމަދު ޝާކިރުއެވެ. އަދި ފެއާ ޕްލޭ ޓީމަކީ ވެސް އީގަލްސްއެވެ.