11 Aug 2011, 15:51
ސަރުކާރުން އެކުލަވައިލައްވާފައިވާ "ދެވަނަ ފުރްޞަތު ޕްރޮގްރާމް"ގެ އެންމެހާ ކަންކަން ބެލެހެއްޓެވުމަށްޓަކައި "ދެވަނަ ފުރްޞަތު ޕްރޮގްރާމް"ގެ ސްޓިއަރިން ކޮމިޓީއާއި ޓެކްނިކަލް ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކުލަވައިލައްވައިފި އެވެ.
މިގޮތުން، "ދެވަނަ ފުރްޞަތު ޕްރޮގްރާމް"ގެ ސްޓިއަރިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރު އާމިނަތު ޖަމީލާއި، މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި މިނިސްޓަރު އޮފް ސްޓޭޓް ފޮ ހޯމްއެފެއާޒް މުޙަންމަދު ނަޢީމާއި މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޢާއިޝަތު ރަޝީދެވެ.
"ދެވަނަ ފުރްޞަތު ޕްރޮގްރާމް"ގެ ޓެކްނިކަލް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މާލޭ ސިޓީ ކައުންސިލްގެ މާލޭ މޭޔަރ މައިޒާން ޢަލިމަނިކާއި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އައްޝައިޚް މުޙަންމަދު ފާރޫޤާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުނީރާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓާ ޞަބްރާ ނޫރައްދީނެވެ.