މިއަދު ހަވީރު ގޭސް ލީކުވެފައި ހުއްޓާ އުނދުނެއް ރޯކުރަން އުޅެނިކޮށް ށ. ފުނަދޫގައި ފިހުނު ބިދޭސީ މީހާގެ ހަށިގަނޑުން ފިހުނީ 44 ޕަސަންޓު ކަމަށް އެ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހަސަން އިސްމާއިލް "ސަން"އަށް ވިދާޅުވީ، އެމީހާގެ ހާލު ރަނގަޅު ކަމަށާއި، ފިހިފައިވަނީ އޭނާގެ ހަށިގަނޑުން ހާމަވެފައި ހުރި ތަންތަން ކަމަށެވެ.

"ލައިގެން ހުރި ހެދުމާ ގުޅިގެން، ހާމައަށް ހުރި ތަންތަން ފިހިފައި ހުރީ. މޫނާއި ކަނދުރާ، އަދި އަތުގެ އުޅަނބޮށިން ތިރި، ދެން ދެފައިގެ ކަކުލު ހުޅުން ތިރި. އެނދީއެއް ނޫން. ފިހިފައި ހުރީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމީހާގެ ހަށިގަނޑުން ބައެއް ތަންތަނުން ފޮޅު ނަގައި، ފޮޅު ކަނޑައިގެން ގޮސްފައިވެސް ހުރި ކަމަށާއި، އޭނާއަށް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުން ކަމަށެވެ.

"އޭނާއަށް ބޭނުންވާ ފަރުވާ ދެމުން ދަނީ. އެކަމަކު މި ހޮސްޕިޓަލުގައި އެތެރެހަށީގެ ޑޮކްޓަރެއްވެސް ނެތުމާއި، ހޮސްޕިޓަލުގައި ހުންނަނީ އެންމެ ވޯޑަކަށް ވެފައި، ހުރިހާ ބަލިމީހުން ތިބޭ ތަނުގައި އޭނަ ބާއްވައިގެން ފަރުވާދިނުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ، މާލެ ނޫނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ޑޮކްޓަރު ލަފާދީފައި ވަނީ،" ހަސަން އިސްމާއިލް ވިދާޅުވިއެވެ.

"އެތެރެ ހަށީގެ ޑޮކްޓަރެއްވެސް މިތަނުގައި ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވިއެވެ.